ads
ފުވައްމުލައްސިޓީ، އަބްދުލްއަޒީޒް މުހައްމަދު
މަރުހޫމް އަބްދުލްއަޒީޒު މުހައްމަދުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ފުވައްމުލައްސިޓީ، ފުނާޑު، ރިޔާޒް(ހުސްނުހީނާގެ)، އަބްދުލްއަޒީޒް މުހައްމަދު އަވަރާވުމާއި ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

އަބްދުލްއަޒީޒު މުހައްމަދު އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒުވަނީ، ފުވައްމުލައްސިޓީ، ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، އަލްމަރްޙޫމް އަބްދުލްއަޒީޒުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި އަބްދުލްއަޒީޒު މުހައްމަދަކީ، ހިދުމަތްތެރި ތައުލީމީ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއްކަން ފާހަގަކުރައްވާފައިވެ އެވެ.

އަދި ވަކީން ހާއްސަކޮށް، 1960 ގެ އަހަރުތަކުގައި، އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އެތައް ކުއްޖަކަށް އުނގަންނައިދެއްވުމާއި އޭގެފަހުން ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމާއި. ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރެއްވުމުގައި ދިގުމުއްދަތަކު އުޅުއްވި ކަމަށްވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;