ads
ފުވައްމުލަކު ޑްރަގު ކެފޭއެއް ކޯޓު އަމުރަކުން ބަންދުކޮށްފި
ފުވައްމުލަކު ޑްރަގު ކެފޭއެއް ކޯޓު އަމުރަކުން ބަންދުކޮށްފި
ފުވައްމުލަކުގެ ޑްރަގު ކެފޭއެއް އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ބަންދުކޮށްފިއެވެ.
Advertisement

މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ކެފޭއެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތުކުރެވޭ މި ތަން ބަންދު ކުރީ އިއްޔެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މިއީ ޑްރަގް ކެފޭއެއް ކަމަށް ތުހުމަތުކުރެވިގެން، މާލޭން ބޭރުން ތަނެއް ބަންދު ކުރި ފުރަތަމަ ފަހަރު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މީގެކުރިން މާލޭން މި ފަދަ ތަނެއް ބަންދުކޮށްފައިވެއެވެ. އެވެސް ކޯޓުން އަންގައިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުދަ ދުވަހު ނެރުގައި އަމުރުގެ ދަށުން ބަންދުކުރީ ޏ. ފުވައްމުލައް، ފުނާޑު، ގުލިސްތާނުގޭގައި ހިންގާ ޑްރަގް ކެފޭ އެވެ. ކޯޓުން ވަނީ މި ހިނގާ މެއި 27، އިން ފެށިގެން 85 ދުވަހުގެ މުއްދަތަށް އެ ތަން ބަންދުކުރަން އަންގާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;