ads
މިހާރު އިންޑިއާ އަށް ދަތުރުކުރުމުގެ ކުރިން ދިވެހީން ވެސް އެސްޑީއެފް ފުރަން ޖެހޭ - ފޮޓޯ: ވެލަންކަންނި ރާޖް ބީ
މިހާރު އިންޑިއާއަށް ދިއުމުގެ ކުރިން ދިވެހީން ވެސް ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭ
އިންޑިއާއަށް ދަތުރު ކުރުމުގެ ކުރިން ދިވެހީން ހިމެނޭ ގޮތަށް، އެންމެން ވެސް ސެލްފް-ޑިކްލެރޭޝަން ފޯމު ފުރަން ޖެހޭ ގޮތަށް އެގައުމުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފި އެވެ.
Advertisement

މިގޮތަށް ކަނޑައެޅީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ފެތުރެމުންދާ އިބޯލާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔެއަށް ހެލްތު އިމަޖެންސީ އިއުލާނުކުރުމާ ގުޅިގެން އަމަލުކުރުމަށް ޑީޖީސީއޭ އެއާލައިންތަކުން ކަނޑައެޅި އެސްއޯޕީއެއްގަ އެވެ.

މި ފިޔަވަޅުގެ ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަނެ، ފަސިންޖަރުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ އިތުރުން އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން އިންޑިއާއަށް ދަތުރުކުރާ އެންމެންވެސް މި ފޯމު ފުރަންޖެހޭނެ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ވަނީ އިންޑިއާއަށް ދަތުރު ކުރުމުގެ ކުރިން ސެލްފް ޑެކްލެރޭޝަން ފޯމު ފުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. މޯލްޑިވިއަނުން ވެސް ބުނީ، އެ ފިޔަވަޅު އަޅާފައިވަނީ ޑަބްލިއުއެޗްއޯއިން އެވޯލާ ބަލި، ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ.

ޑަބްލިއުއެޗްއޯއިންވަނީ އެބޯލާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި އިއުލާނުކޮށްފަ އެވެ. މި ވައިރަސް ގައިންގަޔަށް އަރަނީ ހަށިގަނޑުން ބޭރުވާ ތެތްކަމުން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ލޭ އެހެން މީހެއްގެ ގަޔަށް ވާސިލްވެގެންނެވެ. ބަލީގެ އަލާމާތްތައް ފެންނަ މީހެއްގެ ގައިން ނޫނީ އެހެން މީހުންނަށް ބައްޔެއް ނާރާނެ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;