ads
ޝަހުޒާން ކޯޓަށް ހާޒިރުކުރަނީ
ނޫސްވެރިޔާ ޝަހުޒާން ޖަލުން ދޫކޮށްލައިފި
ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން، 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު މިނިވަންވެއްޖެ އެވެ.
Advertisement

ކްރިމިނަލް ކޯޓުން ޝަހުޒާން ޖަލަށް ހުކުމް ކުރީ ރައީސްގެ މައްޗަށް ގަޒުފު ކުރި ކަމަށް ބުނާ މައްސަލައިގައި އެ ކޯޓުން ނެރުނު  "އަނގަ ބަންދު ކުރުމުގެ އަމުރު" ނުވަތަ ގެގް އޯޑަރާ އޭނާ ހިލާފުވި ކަމަށް ކަނޑައަޅައި، އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައިގެންނެވެ. މިކަން ކޯޓުގެ ސަމާލުކަމަށް ގެނައީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ފޮނުވި ސިޓީއަކުންނެވެ.

ކޯޓުން ނިންމީ 15 ދުވަހަށް ޖަލަށް ހުކުމް ކުރުމާއެކު، 25،800ރ.އަށް ޖޫރިމަނާ ކުރުމަށެވެ.

ޝަހުޒާން އެ ހުކުމް ތަންފީޒުކޮށްފައިވަނީ މާފުށި ޖަލުގަ އެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންކޮށްފައި ވަނީ، ހުޅުމާލެ ޖަލުންނެވެ. މިނިވަންކުރި ވަގުތު މަރުހާބާ ކިޔުމަށް ޝަހުޒާންގެ އާއިލާ އަދި ނޫސްވެރިން އެ ސަރަހައްދަށް ޖަމާވެ ތިއްބެވެ. 

ޝަހުޒާންގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ވަނީ މީގެ ކުރިން ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފަ އެވެ.  

މި މައްސަލައާ ގުޅިގެން "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މީގެ ކުރިން ވިދާޅުވެފައިވަނީ، ދެ ނޫސްވެރިން ޖަލަށްލީ ތުހުމަތުތަކުން ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. މި ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިހާރު ވަނީ މި މައްސަލަ ބަލައިގެންފަ އެވެ. ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ފަށާނެ ތާރީޚެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;