ads
އެމްއޭސީއެލްގެ އީދު ހަރަކާތްތަކުގެ ތެރެއިން - ފައިލް ފޮޓޯ: އެމްއޭސީއެލް
މިއަހަރުވެސް "ބޮޑު އީދު ހަވީރު"ގައި އެމްއޭސީއެލުން ބައިވެރިވާނެ
އަޟްހާ އީދާ ގުޅުވައިގެން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ "އީދު ހަވީރު 1447"ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓުން ބައިވެެރިވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން ފެށިގެން 6.00 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އީދު ހަވީރު 1447" ފެސްޓިވަލުގައި ސްޓޯލްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

ދިވެހިވަންތަ އަދި ސަގާފީ ފަރުމާތަކާއި އާދަތައް ހިމެނޭގޮތުން އިންތިޒާމުކުރެވޭ އެ ހަރާކާތުގައި ކޯޑިއާއި ބޮޑުބެރާއެކު މާލީގެ އެކިއެކި ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ. އޭގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގްބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި އެކި ދުވަސްތަށް މަތިން ހަރަކާތްތެރި ވަމުންދާނެ އެވެ.

އެ ކުންފުނިން ބުނީ އެ ސްޓޯލްގެ މެދުގައި ކުޑަކުދިންނަށް އެރޭނެ ގޮތަށް ފަނުން ޒީނަތްތެރިކޮށްފައިވާ ޓްރީހައުސް (ގަސްމަތީގެ) އަކާއި ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، ބަބުލް ހައުސް ފަދަ އައިލީ ކުޅިވަރަށް ފަރުމާކުރެވިފައިވާ ކުޅިވަރުތައް ވެސް ހުންނާނެ ކަމަށެވެ. އެއާއެކު ކުޑަކުދިންނަށް ހާއްސަ ހަރަކާތެއްގެ ގޮތުގައި ހީނާ އާޓް އަދި ފޭސް ޕެއިންޓިން ކޯނާތައްވެސް އެ ސްޓޯލްގައި ގާއިމްކުރެވިފައި ހުންނާނެ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.

އެމްއޭސީއެލްގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ކުރެވިގެން، ހުޅުމާލޭ ސެންޓްރަލް ޕާރކުގެ އިރުމަތީ އެންޓްރެންސްގައި ބެހެއްޓިފައި ހުންނާނެ އެވެ. މިއަހަރުގެ އީދު ހާއްސަކުރުމުގެ ގޮތުން މަޝްހޫރު ފުޓުބޯޅަކުރުންތެރިޔާ އަލީ އަޝްފާގުގެ ހުނަރުތައްވެސް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ހަމަޖެހިފައިވެ އެވެ. 

އަޟްހާ އީދުގެ އުފާވެރި އަދި އާއިލީ މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ދައުވަތު އެމްއޭސީއެލްގެ ފަރާތުން ދިވެހި އެންމެހާ ރައްޔިތުންނަށް ވަނީ އަރުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;