ads
"އީދު ގޮއްޔެ"ގެ ޓީމް
މި އީދުގެ ހިޓް ލަވައަކަށް "އީދު ގޮއްޔެ"
ކޮންމެ ބޮޑު އީދަކާ ދިމާކޮށް ދިވެހިން އެންމެ އިންތިޒާރުކުރާ އެއް ކަމަކީ އީދުގެ ފޯރިގަދަ ލަވަތަކެވެ. އެގޮތުން މިފަހަރު "ހޭވައްލަ ބޮޑުބެރު ގްރޫޕް" އާއި "ކްރިއޭޓިވް ނެޓްވޯކް" ގުޅިގެން ނެރުނު އާ އީދު ލަވަ "އީދު ގޮއްޔެ" ރިލީޒްވުމާއެކު މުޅި ސޯޝަލް މީޑިއާ އެއްއަޑަކުން ގަދަކޮށްލައި، މިހާރު މިއީ މިފަހަރުގެ އީދުގައި އެންމެން އެންމެ ގަޔާވާނެ "ޓޯކް އޮފް ދަ ޓައުން" އަށް ވަނީ ވެފަ އެވެ.
Advertisement

ސަގާފީ ބޮޑުބެރުގެ ހަކަތައާއި ޒަމާނީ މިއުޒިކްގެ ފުރިހަމަ ގުޅުން ހާމަކޮށްދޭ މި މަސައްކަތަކީ ހަމައެކަނި ލަވައެއް ނޫނެވެ. މިއީ ރާއްޖޭގެ އެންމެ ހުނަރުވެރި އާޓިސްޓުން އެއްވެގެން އުފައްދާފައިވާ މާސިންގާ ސިނެމެޓިކް ޕްރޮޑަކްޝަނެކެވެ. ލަވައިގެ އޯޑިއޯ ބައިތަކަށް ބަލާއިރު، ރިބާހު ހުސައިން (ލިޔާންސޯރާ) ގެ ފުރިހަމަ ޅެންވެރިކަމަށް އަލީ ޔާމީން (ޔާމްބެ)، އިޔާދު އިޝާގް (ލައްޑޫ) އަދި ކޮމްޕޯސަރ ހުސައިން ސަމްހާން (ޝައްމު) ގެ ރާގުތަކާއި ފުރިހަމަ ވޯކަލްސްތަކުން ލަވައަށް ވަނީ ހިތްގައިމު ދިރުމެއް ގެނެސްދީފަ އެވެ. އަދި މި ލަވައިގެ މިއުޒިކް މިކްސިންގް އަދި މާސްޓަރިންގް ހަދާފައިވަނީ ހޭވައްލަ ސްޓޫޑިއޯއިންނެވެ.

‎މި ލަވައިގެ ވިޝުއަލްސްތަކަށް ބަލާއިރު، ޑައިރެކްޓަރ އޮފް ފޮޓޯގްރަފީ ސަމާހު އިބްރާހިމް އާއި ކެމެރާ އެސިސްޓް އިސްމާއިލް އިބާން (ބައިން) ގެ މޮޅު މަސައްކަތުން ވަނީ ސްކްރީނަށް ކުލަގަދަ، ޕްރީމިއަމް އަދި ސިނެމެޓިކް ފެންވަރުގެ މަންޒަރުތަކެއް ގެނެސްދީފައެވެ. ލަވައިގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާ ވާޝިޔާ މުހައްމަދު (ޝިޔާ)، އަހުމަދު ވަލީދު (ފިއްޓެ)، މުހައްމަދު އިޝްފާންގެ އިތުރުން މޫސާ ފާހިރު (ތުއްތޮންބެ) ގެ ހިތްގައިމު ހަރަކާތްތަކާއި އެކްޓިންގްއިން ލަވައިގެ ރޫހު އެންމެ ފުރިހަމައަށް ދައްކުވައިދެއެވެ. ބޮޑުބެރުގެ ހޫނު ބީޓްތަކަށް ތަރިން ފައި ހަމަކޮށްލި ހިތްގައިމު ކޮރިއޮގްރަފީ ތައްޔާރުކޮށްދީފައިވަނީ އަޒްހާން އިބްރާހިމް އެވެ. އަދި ޖާދުﷲ އިސްމާއިލް އާއި އަޒްހާން އިބްރާހިމްގެ ސަގާފީ ރީތި ހެދުންތަކާއި، ރިޒްނާ އަހުމަދު (ރިޒްދައިތަ) ގެ ބިއުޓިފުލް މޭކަޕާއެކު ހުރިހާ ތަރިން ސްކްރީނުން ފެންނަލެއް ނުހަނު ޗާލެވެ. މީގެ އިތުރުން، ލަވައަށް ލިބުނު އެންމެ ބޮޑު ސަޕްރައިޒަކީ ރާއްޖޭގެ އެންމެ މަގުބޫލު ދެ މޫނު ކަމަށްވާ ޗުވީޓް އާޝާ އަދި ޗެރީ ހުނޫ ގެ ހާއްސަ ފެނިލުންތަކެވެ.

‎ޔޫޓިއުބް އަދި އެކި ޕްލެޓްފޯމްތަކުގައި ވިއުސްގެ ރެކޯޑްތައް މުގުރަމުންދާ "އީދު ގޮއްޔެ" އަކީ އޯޑިއޯއާއި ވިޝުއަލްސް އެއްކޮށްލުމުން މިހާތަނަށް ފެނުނު އެންމެ އަޑުގަދަ އަދި އެންމެ ފުރިހަމަ އެއް އީދު ލަވައެވެ. މިފަހަރުގެ ބޮޑު އީދު ފާހަގަކުރުމުގައި، ކޮންމެހެންވެސް ޕްލޭލިސްޓަށްލާން ޖެހޭނެ ފޯރިގަދަ އަދި އެންމެ ރީތި ހިޓަކީ މިއީއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;