ads
މަހްލޫފް ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރާއަށް އެރުވުމުގެ ތެރެއިން
މަހްލޫފް ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރާއަށް އަރުވައިފި
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު މަހްލޫފް ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ އެމްޕެރާ، ހިޒް މެޖެސްޓީ އެމްޕެރާ ނަރުހިޓޯ އަށް މިއަދު ހެނދުނު އަރުވައިފިއެވެ.
Advertisement

ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހިސް މެޖެސްޓީ އެމްޕެރާ ނަރުހީޓޯ ވަނީ ސަފީރު މަހްލޫފަށް މަރުހާބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގެންފައިކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެއެވެ.

އަދި މިރަސްމިއްޔާތުގައި ސަޕީރު މަހްލޫފް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވާކަމަށާއި އަދި ދިވެހރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސާ ގުޅުން ޤާއިމްކުރެވުނީ 14 ނޮވެމްބަރު 1967 ގައެވެ. މިގޮތުން މިއަންނަ އަހަރަކީ ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާނެ އަހަރެވެ. 

މިއަދުގެ ރަސްމިއްޔާތުގައި، ސަފީރު މަހްލޫފުގެ އަރިހުގައި ސަފީރުގެ ނާއިބު، އަހްމަދު އާދިލް، އަދި ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާ، އާމިނަތު ރަޒިއްޔާ އަދި އަޝްރަފް އަލީ ބައިވެރިވެރިވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;