ލީޑް ތަރީގެ ފޮޓޯ ހާމަ ކޮށްފައިވާ އިރު އޭނާ އަކީ ދިވެހި ފިލްމުތަކަށް ލޯބި ކުރާ ފަރާތަކަށް އާ މޫނަކަށް ނުވާނެ ކަން އެއީ ކަށަވަރުކަމެކެވެ.
ނަހުލާ އަކީ އޭނާ ގެ ފިލްމުތަކަށް ލޯބި ކުރާ އޯޑިއަންސްއަށް ސަޕްރައިސް ތަކެއް ދޭ ޑައިރެކްޓަރެކެވެ. އެހެން ކަމުން މިފަހަރުވެސް އޯޑިއަންސް މި ތިބީ އެކަމަށް ތައްޔާރު ވެގެން ނެވެ.
މި ފިލްމު ލީޑް ކާސްޓުންގެ ގޮތުގައި އަދި އިއުލާނުކޮށްފައިވަނީ ނަހުލާ އެންމެ ފަހުން ނެރުން ފިލްމު "ސޮރީ" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ލާލި އާއި އެވްލީ ގެ ނަމެވެ.
މި ފިލްމުގެ ލީޑް އެކްޓްރަސްއެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަމުން ދިޔައީ މަޝްހޫރު ފިލްމީ ތަރި ޝިފާއެވެ. ނަހުލާ ވަނީ އެކަން ވެސް އޭނާގެ ޝޯސަލް މީޑިޔާގައި ކަށަވަރުކޮށްދީފަ އެވެ.
ނަހުލާ ފާހަގަ ކުރި ގޮތުގައި މި ފިލްމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ތެރޭގައި ދިމާވި އެންމެ ބޮޑު ދައްޗަކީ މި ފިލްމުގެ ލީޑް އެކްޓަރު ހޯދުން ކަމުގައި އެވެ. ސަބަބަކީ މި ފިލްމަކީ ރާއްޖެއަށް އާ ވައްތަރެއްގެ ފިލްމަކަށް ވާތީ ކަމަށާއި މި ފިލްމުގެ ލީޑް އެކްޓަރު ތަފާތު މޮޅު އެކްޓިންއެއް ދައްކަން ޖެހޭތީ ކަމަށް އޭނާ ފާހަގަ ކުރި އެވެ.
މީގެ އިތުރުން މި ފިލްމުގެ ވާހަކަ ލިޔެފައިވާ ގޮތުން އެ ކެރެކްޓާ އަށް ބޭނުންވާ ވަރުގެ އަސަރެއް ގެނެވޭވަރުގެ ބަތަލެއް ހޯދުން އެއީ ވަރަށް ވިސްނަން ޖެހޭނެ ކަމެއް ކަމަށް ނަހުލާ ބުނި އެވެ.
ނަހުލާ ފާހަގަ ކުރި ގޮތުގައި މި ފިލްމުގައި އިތުރު ތަރިންތަކެއްގެ ފެނިގެންދާނެ ކަމުގައި އެވެ.
މި އަހަރު އޮކްޓޫބަރު މަހު 26 ވަނަ ދުވަހު ނެރެން ހަމަ ޖެހިފައިވާ މި ފިލްމު ގެ ސޫޓިން އަށް އަންނަ މަހުގެ 3 ވަނަ ދުަވަހު އަތޮޅު ތެރެއަށް ފުރަން ވަނީ ހަމަޖެހިފައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;