އުރީދޫ އިން ބުނީ ާ އެއާ ފައިބަރަކީ، ކުރިން ބޭނުންކުރަމުން އައި އިންޓަނެޓްގެ ވަސީލަތްތަކުގައި ހުންނަ ދަތިތަކާއި ލަސްތަކާ ނުލައި، ވަގުތުން ހައި-ޕާފޯމަންސް ވައިފައި ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ހައްލެއް ކަމުގައި އެވެ.
ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތްކުރި އެފްޑީސީ ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށް މި ހިދުމަތަކީ ވަރަށް ބޮޑު ލުޔެއް ކަމަށާއި އެފަދަ ތަންތަނުގައި ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓްގެ ހިދުމަތް ލިބުން މުހިންމު ކަމަށް އުރީދޫ އިން ވަނީ ބުނެ އެވެ.
އުރީދޫ އެއާ ފައިބަރުގެ އެހީގައި، އާ ގެތަކަށް ބަދަލުވާ ފަރާތްތަކަށް ވަގުތުން އިންޓަނެޓްގެ ހިދުމަތް ލިބި، ދިރިއުޅުން ފަސޭހަވެގެންދާނެއެވެ.
ގޭގައި އޮފީސް މަސައްކަތް ކުރުމަށާއި، ސްމާޓް ޑިވައިސްތައް ގުޅުމަށާއި، އަދި އާއިލާއާ ގުޅުން ބަދަހިކޮށް ބެހެއްޓުމަށް އެއާ ފައިބަރުން ދާއިމީ ގުޅުމެއް ކަށަވަރުކޮށްދެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫގެ ކުރިއަރާފައިވާ 5ޖީ ނެޓްވޯކް މެދުވެރިކޮށް 100 އެމްބީޕީއެސްއިން ފެށިގެން މަތީ ސްޕީޑްތަކުގައި ލިބޭ މި ހިދުމަތަކީ، މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ބޭނުންވާ ފުރިހަމަ ހައްލެކެވެ. ހައި ޑެފިނިޝަންގައި ވީޑިއޯ ބެލުމަށާއި، އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުމަށާއި، ތައުލީމީ ޕްލެޓްފޯމްތައް ބޭނުންކުރުމަށް އަދި ގޭމިން ފަދަ ކަންކަމަށް މި ހިދުމަތް ވަރަށް ފުރިހަމައެވެ. އެއްފަހަރާ އެތައް ޑިވައިސްއެއް ގުޅައިގެން މެދުކެނޑުމެއްނެތި މި ހިދުމަތް ބޭނުން ކުރެވޭނެއެވެ.
އެއާ ފައިބާ ފާހަގަކުރެވެނީ އޭގެ ފްލެކްސިބިލިޓީއާއި އަގުގެ ގޮތުން ލިބޭ ފައިދާތަކުންނެވެ. އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކާއި ހިލޭ ލިބޭ ޑިވައިސްއާއެކު، ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ހައި-ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބޭނެ އެވެ.
ޑިޖިޓަލް ބޭނުންތައް އިތުރުވަމުން އަންނަ މި ދުވަސްވަރު، އުރީދޫ މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންނަށް ދިރިއުޅުމުގެ ކަންކަމާއި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ހައްލުތައް ފޯރުކޮށްދިނުމަށެވެ.
އެއާ ފައިބާއަކީ މި ތަސައްވުރުގެ ދަށުން، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ގޭބިސީތަކަށް ހަލުވި، ފްލެކްސިބަލް، އަދި ޒަމާނީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ވަސީލަތެއް ކަމަށް އުރީދޫ އިން ވަނީ ފާހަގަ ކޮށްފައި އެވެ.
އެއާ ފައިބާގެ ހިދުމަތަށް އެއާ ފައިބާ ލިންކުން އެދެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;