ads
ތިން ރައީސުން އެކުގައި ބޭއްްވި ބައްދަލުވުމުގެ ތެރެއިން
ތިން ރައީސުންގެ އިއްތިހާދުގެ ނަމަކީ 'ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓް'
ކުރީގެ ތިން ރައީސުންގެ ގުޅިގެން މަސައްކަތް ކުރަން އުފެއްދި އިއްތިހާދުގެ ނަމަކީ 'ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓް' ކަމަށް އެ އިއްތިހާދުގައި ބައިވެރިވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް "ފާޅުގައި އަރައިގަނެ" ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ ގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އެކުގައި އިއްތިހާދަށް ހައްދަވާ މަސައްކަތް ފައްޓަވާފައެވެ. 

މި އިއްތިހާދަށް ކިޔާ ވަކި ނަމެއް މިހާތަނަށް އެނގިފައި ނުވާއިރު ކުރީގެ ރައީސް އިބްރާހިމް ސާލިހް ރޭ ވަނީ މި އިއްތިހާދަށް ކިޔާ ނަން އިއުލާންކުރައްވާފައެވެ. 

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކާއިލްއަށް ތާއިދު ހޯދުމުގެ ގޮތުން ރޭ ރައީސް ސާލިހްގެ އުފަން ރަށް ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތިން ރައީސުންގެ އިއްތިހާދަކީ  'ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓް' ކަމަށެވެ. 

ތިން ރައީސުން އެކުގައި ބޭއްވި ފުރަތަމަ މަޝްވަރާއަށްފަހު އެބޭފުޅުން ވަނީ، ސަރުކާރުން ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ވަގުތުން މިނިވަންކޮށް،  ނޫސްވެރިންގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއަށް އެހީދޭ ގައުމުތަކަށާއި ޑިޕޮލެމެޓިކް މިޝަންތަކަށް ތިން ރައީސުންގެ ހާއްސަ ސިޓީއެއް ވަނީ ފޮނުވާފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;