ads
ހޮސްޕިޓަލަށް ގެންދިޔުމުން ފިލި ހުސެއިން ޝަހުބާން
މި ގައިދީ ހޮސްޕިޓަލަށް ގެންދިޔަތަނާ ފިލައިފި
ފަރުވާއަށް ހޮސްްޕިޓަކަށް ގެންދިޔުމުން ފލި ގައިދީއެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ކަރެކްޝަނުން ބުނީ، ފިލާފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ލ. މާބައިދޫ، ޝަބްނަމް ހައުސް، ހުސެއިން ޝަހުބާން ކަމަށެވެ.

ކަރެކްޝަނުން ބުނީ އޭނާ ފިލާފައިވީ ބަލިވެގެން ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށްކަމަށެވެ. އަދި މީނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. 

މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންގެ 3322111 ނަންބަރަށް ގުޅައި، އެކަން އެންގުމަށް ކަރެކްޝަނުން ވަނީ އެދިފައެވެ. 

މިދިޔަ ހަފްތާގައިވެސް ފަރުވާއަސް ގެންދިޔަ ގައިދީއަކު ފިލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަޖީއެމްއެޗްގައި ފަރުވާދޭން ބާއްވާފައިވަނިކޮށް ފިލި އެ ގައިދީ ހޯދުނީ އޭނާ ފިލައިގެން އުޅޭތާ 5 ދުވަސް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;