ads
ސަލްްމާނު މިސްްކިތުގެ ނަން ބޯޑު ކަހާ، މިސްކިތުގެ ނަން އާއްމުކޮށް ފެންނަހެން ހަދާފައި
ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި، އެކަމު ނަންބޯޑު އެންްމެ ފަހުން ކަހައިފި
ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވާ އެތަނުގެ ނަން ބޯޑު ކަހާލައި މިސްކިތުގެ ނަން އާއްމުކޮށް ފެންނަހެން ހަދައިފިއެވެ.
Advertisement

ސަލްމާން މިސްކިތަކީ ރައީސް ޔާމީން ވެރިކަމުގައި ބިނާކުރި މިސްކިތެކެވެ. 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ރޯދަމާއި ދިމާކޮށް  އޭޕްރިލް 1ވަނަ ދުވަހުއެވެ. 

2017 ވަނަ އަހަރު މަސައްކަތް ފެށި މިސްކިތް ނިމިފައިވަނީ 2020 ވަނަ އަހަރުއެވެ.  

އެ މިސްކިތް ރަސްްމީކޮށް ނުހުުޅުވާ މިިދިޔަ ސަރުކާރުން ބޭނުން ކުރަން ފެށުމުން އޭރު އިދިކޮޅުގައި އޮތް ޕީޕީއެމްއާއި މީހާރު ވެރިކަން ކުރަމުން އަންނަ ޕީއެންސީން ވަނީ އެކަމަށް ވަރަށް ބޮޑަށްް ފާޑުކިޔާފައެވެ. 

your imageސަލްމާން މިސްކިތުގެ ނަން ފެންނަ ގޮތަށް އާއްމުކޮށް ހުޅުވާލާފައި

މި ސަރުކާރު ވެރިކަމާއި ހަވާލުވެ ސަލްމާން މިސްކިތް ވަރަށް އަވަހަށް ރަސްމީކޮށް ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ ކުރިން ވިދާޅުވެފައެވެ. އަދި ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމަށް ހަރަމްފުޅުގެ އިމާމެއް ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދާކަމަށްވެސް މިނިސްޓަރު ޝަހީމް  ވަނީ ވިދާޅުވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;