ads
އުތުރާއި މެދުރާއްޖެތެރެއަށް މިރެއާއި މާދަމާ ވަރަށް ވައިގަދަވެ ކަނޑުތައްވެސް ވަރަށް ގަދަ
އުތުރާއި މެދުރާއްޖެތެރެއަށް މިރެއާއި މާދަމާ ވަރަށް ވައިގަދަވެ ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެ ތެރެއާއި އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކޮށްފައިވާކަމަށެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު އެންމެ ގިނަ އަދަދަކަށް ވާރޭވެހިފައިވާކަމަށް ރެކޯޑްކުރެވިފައިވަނީ އއ. ތޮއްޑޫއަށްކަމަށް މެޓް އޮފީހުން ބުނެއެވެ. އެރަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 144 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.

" މި ވިއްސާރާގައި މިރެއާއި މާދަމާ ހާއްސަކޮށް އުތުރުރާއި މެދުރާއްޖެތެރޭގައި އަތޮޅުތަކުގައި އާންމުވައި ގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަށް ބެލެވޭ. އަދި ވާރޭވެހި ގުގުރާނެކަމަށްވެސް ލަފާކުރެވޭ." މެޓް އޮފީހުން ބުނެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އެދެއެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. 

މޫސުން ގޯސްވެ، ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ސިފައިންނާއި ފުލުހުން ވަނީ އެދިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;