ads
ޒަކާތް ބެހުމުގެ ތެރެއިން
ޒަކާތު ފަންޑުން ފަގީރުން ބޭސްކުރަން މިދިޔަމަހު 1.2 މިލިއަން ރުފިޔާ
ފަގީރުން ބޭސްކުރަން ޒަކާތު ފަންޑުން މިދިޔަމަހު 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.
Advertisement

ޒަކާތު ހައުސްއިން ބުނީ ޒަކާތު ފަންޑުން މިދިޔަ އޭޕްރިލްމަހުގެ ތެރޭގައި ޖުމްލަ 3,811,259.91 ރުފިޔާ ވަނީ ހޭދަކޮށްފައިވާކަމަށެވެ. މީ މިދިޔަ އަހަރުގެ އޭޕްްރިލްމަހާ އަޅާކިޔާއިރު 34.8 އިންސައްތައިގެ އިތުރުވުމެއްްކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. މިދިޔަ އަަހަރުގެ އޭޕްރިލްމަހު ޒަކާތު ފަންޑުން ހޭދަކުރީ 2,828,118.28 އެވެ. 

މިިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް އެހީވުމަށްކަމަށް ޒަކާތު ހައުސްގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް އެހީވުމުގެ ގޮތުން 1,266,508.39 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ފަގީރުންނާއި މިސްކީނުންގެ ޒަރޫރީ ބޭނުންތައް ފުއްދަން 182,731 ރުފިޔާ ހޭދަކޮށްފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން "ފީސަބީލިﷲ" ބައިން ކުރި ހޭދަވަނީ 2,167,016.73 ރުފިޔާއަށް އިތުރުވެފައެވެ. މިދިޔަ ައަހަރުގެ އޭޕްރިލްމަހު މި އަދަދު ހުރީ 1,103,590.47 ރުފިޔާއެވެ. 

ޒަކާތު ހައުސްއިން ބުނީ "ފީސަބީލިﷲ" ބައިން ކުރި ހޭދަ ބޮޑުވި ސަބަބަކީ އިސްލާމީ ތައުލީމާއި ޤުރުއާނުގެ އިލްމު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ފުޅާވެފައިވުންކަމަށެވެ. އެގޮތުން "ފީސަބީލިﷲ" ބައިން މަތީ ތައުލީމު ފުރިހަމަކުރުމަށް 290,274.76 ރުފިޔާގެ އެހީދީފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. 

މީގެއިތުރުން ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް 1,093,749.47 ރުފިޔާ "ފީސަބީލިﷲ" ބައިން ވަނީ ހޭދަކޮށްފައެވެ. އަދި އަތޮޅު ތެރޭގައި ޤުރުއާން ސެންޓަރުތައް ބިނާކުރަން 782,992.50 ރުފިޔާވެސް "ފީސަބީލިﷲ" ބައިން ހޭދަކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. 

މިިދޔަ އޭޕްރީލް މަހު މުދަލުޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ދިވެހި ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް މިިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެއްކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;