ނެޝަނަލް ޕޭ ކޮމިޝަނުން ވަނީ އަންްހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސުންްނާއި ކޮމެޓީގެ މެެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްފަހު ލޯލަލް ގަވާމެންޓް އޮތީރިޓީއަށް ފޮނުވާފައެވެ.
ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މުސާރަތައް
ޕޭ ކޮމިޝަނުން ކަނޑައެޅި މުސާރަތަކަށް ބަލާއިރު ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްގެ އަސާސީ މުސާރައަކީ 33،000 ރުފިޔާއެވެ. އޭގެއިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 8500 ރުފިޔާ ލިބޭއިރު މަހެއްހެ މައްޗަށް މުސާރައާއި އިނާޔާތުގެ ގޮތުގައި 41،500 ރުފިޔާ ލިބެއެވެ.
ސިޓީތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސްގެ އަސާސީ މުސާރައަކީ 5000 ރުފިޔާއެވެ. އަދި ބާއްވާ ކޮންމެ ބައްދަލުމެއްގައި ބައިވެރި ވެއްޖެނަމަ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބޭނެއެވެ. އެހެންނަމަވެސް ބައްދަލުވުންތަކަށް އެންމެ ގިނައިން މަހެއްގެ މައްޗަށް ލިބޭނީ 2000 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއާއި އެކު ސިޓީ ކައުންސިލްތަކުން އަންހެނުން ކޮމެޓީގެ ނައިބު ރައީސްއަށް ކޮންމެ މަހަކު ޖުމްލަ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ލިބޭނެއެވެ.
ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރަކަށް މަހެއްގެ މައްޗަށް ޖުމްލަ މުސާރައަކީ 6000 ރުފިޔާއެވެ.
ރަށްރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މުސާރަތައް
ރަށްތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސެއްގެ އަސާސީ މުސާރައަކީ 16،500 ރުފިޔާއެވެ. އޭގެއިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 4500 ރުފިޔާ ލިބޭއިރު މަހެއްގެ މައްޗަށް މުސާރައާއި އިނާޔާތުގެ ގޮތުގައި 21،000 ރުފިޔާ ލިބެއެވެ.
ރަށްތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސްގެ އަސާސީ މުސާރައަކީ 4000 ރުފިޔާއެވެ. އަދި ބާއްވާ ކޮންމެ ބައްދަލުމެއްގައި ބައިވެރި ވެއްޖެނަމަ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބޭނެއެވެ. އެހެންނަމަވެސް ބައްދަލުވުންތަކަށް އެންމެ ގިނައިން މަހެއްގެ މައްޗަށް ލިބޭނީ 2000 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއާއި އެކު ރަށްތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސްއަށް ކޮންމެ މަހަކު ޖުމްލަ މުސާރައިގެ ގޮތުގައި 6000 ރުފިޔާ ލިބޭނެއެވެ.
ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރަކަށް މަހެއްގެ މައްޗަށް ޖުމްލަ މުސާރައަކީ 5000 ރުފިޔާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;