ads
ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
ފަލާހްގެ ރައްދު: ތިން ރައީސުންގެ އޮތީ އަމިއްލަ އެދުން!
ކުރީގެ ތިން ރައީސުން އޮތީ އަމިއްލަ އެދުން ކަމަށް ވިދާޅުވެ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ރައްދު ދެއްވައިފި އެވެ.
Advertisement

ނަޝީދާއި ޔާމީން އަދި ސޯލިހު ގުޅިގެން މަސައްކަތްކުރަން ނިންމެވީ ކްރިމިނަލް ކޯޓުން ނެރުނު "ގެގު" އަމުރަކާ ހިލާފުވި ކަމަށް ބުނެ ދެ ނޫސްވެރިޔަކު ޖަލަށް ލާން ކުރި ހުކުމްތަކާ ވިދިގެން، ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު އެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ އެ ނޫސް ކޮންފަރެންސްގައި ވެސް ނޫސްވެރިންނަށް ސުވާލުކުރަން ޖެހުނީ ތިން ރައީސުން އެދޭ ގޮތަށް ކަމަށެވެ.

"މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް. ދެން މި މީހުން ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭނެ މިންވަރު ވިސްނާލައްވާ. އޮތީ ހުސް އަމިއްލަ އެދުން،" އެ ޕޯސްޓްގައި ފަލާހު ވިދާޅުވި އެވެ.

ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ. 

އެ ބައްދަލްވުމުގެ ފޮޓޯއެއް ހިއްސާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ ތިން ރައީސުން މި ގައުމަށް ދިން ގެއްލުމުގެ ލިސްޓެއް ހިއްސާކުރައްވާފަ އެވެ.

‏ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި ދިރާގާ ފެންކުންފުނީގެ ހިއްސާ ވިއްކާލުމާއި ސްޕްރީމްކޯޓްގެ ތަޅު އެޅުވުމާއި އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި އެމްއެމްޕީއާރުސީގެ ބޮޑުހިޔާނާތާއި ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި ކަނޑު ވިއްކާލުމާއި ވެންޓިލޭޓަރުގެ ވައްކަމާއި އެމްޑީއެންގެ ރިޕޯޓްގެ މައްސަލަަ ލިސްޓް ކުރެއްވި އެވެ.

‏އަދި ވިދާޅުވީ މިހިރަ ހުރިހައިކަމެއް ވެސް މިތިއްބެވި ތިން ރައީސުންނަށް މިހާރު އޯކޭ ކަމަށެވެ.

‏"މީ އަދި ކުޑަ މިންވަރެއް. ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

your imageކުރީގެ ތިން ރައީސުން، ޔާމީން (ކ) ނަޝީދު (މ) އަދި ސޯލިހު އެކުގައި މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުން.

މި ސަރުކާރުގެ ސިޔާސަތުތަކާއި ނިންމަމުންދާ ނިންމުންތަކާ ދެކޮޅަށް މަސައްކަތް ކުރަން އެއްބަސްވެވަޑައިގެން އެންމެ ފުރަތަމަ ގޮވާލައްވާފައި ވަނީ ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި ބަންދުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށެވެ.

ނަޝީދު، ޔާމީން އަދި ސޯލިހު ވެސް ވިދާޅުވީ އެ ތިން ބޭފުޅުން އިސްވެ ތިއްބަވައި، ސަރުކާރުން އިސްލާހުކުރަން ގޮވާލާ ކަންތައްތަކަށް އިޖާބަދިނުމާ ހަމައަށް، އެ މަސައްކަތްތައް ނުހުއްޓައި ކުރިއަށްގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;