ރޭ ޕީއެންސީ ބޭއްވި ޖަގަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކާ އަބުރަށް އަރައިގަންނަމުން ދަނީ ސަރުކާރުގެ ޕޮލީސަތައް ރަނގަޅުވެ ރައްޔިތުން އެކަންކަން ބަލައިގެންފައިވާތީ ދެން ދައްކާނެ ވާހަކަތަކެއް ނެތިގެންްކަމަށެވެ. އެގޮތުން ޑޮކިއުމެންޓަރީތައްވެސް ހަދަމުން ދަނީ އެ ބޭނުމުގައިކަމަށް ރައީސް މުއިއްްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޑޮކިއުމެންޓަރީއާ ގުޅުވާ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރަނގަޅަށް ވިސްނާ ބަލާލުމުން އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ދުރުކުރެވޭތޯ މާ ބޮޑަށް އިދިކޮޅުން މަސައްކަތް ކުރާކަން ފާހަގަވެފައިވާކަމަށެވެ.
އިދިކޮޅަށް ފާޑު ވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ މަސައްކަތް ކުރަން ރާއްޖެއަށް ރަނގަޅު އޮޕަޒިޝަން ޕާޓީއެއް ބޭނުންވާކަމަށެވެ. އަދި ހުރިހާ ރައްްޔިތުން ދުއާކުރަން ވީ ރާއްޖެއަށް ޒިންމާދާރު އޮޕަޒިޝަންް ޕާޓީއެއް އަންނާނެ ދުވަހަކަށްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;