ވެރިކަން ކުރާ ޕީއެންސީން ރޭ ބެއްވީ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްްޒު ވަނީ މިދިޔަ ހުރިހާ ސަރުކާރަކަށް ފާޑު ވިދާޅުވެ ކުރީގެ ރައީސުންނަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. އަދި އެ ސަރުކާރުތަކުން ހިނގާދިޔަ ކަރެޕްޝަން މައްސަލަތައް ބައްލަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ފަހުގެ ތާރީހެއްގައި ހިންގައި ދިޔަ އެންމެ ބޮޑު ހިޔާނަތްކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަން ހިމެނެއެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިނގި ނަމަވެސް އެ ވެރިކަމުގައި އޮތީ ކޮރަޕަޝަނާއި އަނިޔާވެރިކަން ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނެކަމަށް މިދިޔަ ވެރިކަމުގައި ބުނި ނަމަވެސް އެކަން ބެލިފައި ނުވާކަން ފާހަގަކުރައްވަމުން ރައީސްް މުއިއްޒު ވަނީ ރައީސް ޔާމީން ސަރުކާރުގެ ހިނގި އެމްއެމްޕީއާރުސީ ވައްކަމާއި އެނޫންވެސް ވައްކަމުގެ މައްސަލަތައް ބަލަން މުވައްސަސާތަކަށް ގޮވާލާފައެވެ. އަދި އެކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް މުހިއްމު މީހެއް ނުހުންނާނެކަމަށެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހިނގި ވެންޓިލޭޓަރުގެ ހިޔާނާތްވެސް މިނިވަންް މުވައްސަސާތަކުން ބަލާ އެކަމުގައި ހަގީގަތުގައި ބެދޭ ފަރާތްތަކަށް އަދަބު ދިނުމަށްވެސް ރައީސް މުއިއްޒު ރޭ ވަނީ ގޮވާލައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;