މިރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ގުޅޭ ދޮގުވާހަކަތައް ހިމަނާ ޑޮކިއުމެންޓަރީ ހަދަނީ ސިޔާސީ ގޮތުން ދެކޮޅަށް ދައްކާނެ ވާހަކައެއް ނެތުމުންކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ދައްކާ ވާހަކަތަކާއި އުޅުއްވާ ގޮތާއި ކުރައްވާ އަމަލުތައް އަމިއްލަ ފުޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެހެން މީހަކު ވާހަކަ ދައްކައިގެން ބަދަލުވާނެ ކަމެއް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ގުޅޭގޮތުން ކިތަންމެ ގިނަ ދޮގުވާހަކަތަކެއްވެސް ދެއްކިދާނެކަމަށާއި ކިތަންމެ ބައިވަރު ޑޮކިއުނެންޓަރީއެއް ވެސް ހެދިދާނެކަމަށެވެ. އަދި އެކަމާއެއްވެސް ފަރުވާލެތް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދީނުގައިވެސް ވަރަށް ބޮޑު އިސްކަމެއް ދީފައި އޮންނަނީ އެމީހަކާއި މެދު ހަގީގަތެއް ނެޔް ދޮގުވާހަކަތައް ފަތުރާ އެމީހެއްގެ އަގު ވައްޓާލާ އަބުރު ކަތިލުމަކީ އެ މީހަކަށް ވަރަށް ސަވާބު ލިބޭކަމެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފުވިކަމަށް ނިންމާ އެ ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;