ވެރިކަން ކުރާ ޕީއެންސީގެ ހަރުގޭގައި މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރައީސް ޔާމީނާއި ރައީސް ސާލިހާ ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. އެގޮތުން އެ ވެރިކަންތަކުގައި ގައުމުގައި ހިނގި ކަންކަމުގެ ވާހަކަތައް ވަނީ ދައްކަވާފައެވެ.
ރައީސް ޔާމީނަށް އިޝާރާތް ކުރަެއްވާ ރައީސް މުއިއްޒު ވިދާޅުވީ މީގެ ކުރީގައި ސީޔާސީ މީހަކު އެއްޗެއް ބުނާއިރަށް ޖަލަށް ލީ ދުވަސްވެސް ދިޔަކަމަށެވެ. އަދި ތަރައްގީ މަޝްރޫއުތަައް ހިންގި ނަމަވެސް އެ ވެރިކަމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފަހަރަކަށް ނުދެވޭނެ ކަމަށާއި އޭރު ހިނގި ކަންކަމަކީ ފަސް އަޅާ ފޮރުވޭނެ އެއްޗެއްވެސް ނޫންކަމަށެވެ. އަދި އެއީ ފެންނަން ހުރި ހަގީގަތްކަމަށެވެ.
ދިވެހިން އަމިއްލަ ސިކުނޑިބޭނުންކޮށްގެން ވިސްނާ ކަންކަމާއި މެދު ގޮތެއް ނިންމަން ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;