ads
ރައީސް އޮފީސް
މިމަގުގެ 24 ، 25 ވެސް ބަންދުކޮށްފި، އީދު ބަންދަށް ހަފްތާއެއް
މިމަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަސް ބަންދުކޮށް ބޮޑު އީދު ބަންދަށް ހަފްތާއެއް ދިނުމަށް ނިންމައިފިއެވެ.
Advertisement

މިހާރު ކަލަންޑަރުގައިވާ ގޮތުން ހައްޖާއި ބޮޑު އީދުގެ ބަންދު ފެށެނީ މިމަހުގެ 26 ވާ އަންގާރަ ދުވަހުއެވެ. އެހެންކަމުން އޭގެ ކުރިޔަށް އޮންނަ ޢާދިއްތަ ދުވަހާއި ހޯމަދުވަހު އޮފީސްތަކަށް ނުކުންނަންޖެހެެވެ.

ރައީސް އޮފީހުން ބުނީ 24 ވާ އާދީއްތަ ދުވަހާއި، 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ނިންމަވާފައިވާކަމަށެވެ. 

މި ބަދަލާއި އެކު މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ބޮޑު އީދަށް ސަރުކާރު ބަންދުވާނެއެވެ. އަދި ބޮޑު އީދުގެ ބަންދުވެ ގޮތުގައި 9 ދުވަސް ލިބޭނެއެވެ. 

ރައީސް އެ ގޮތަށް ހަމަޖެއްސެވީ، ބޮޑު އީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސާ ދިނުމަށްކަމަށް ރައީސް އޮފީހުން ބުނެއެވެ. 

ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، މޭ 31 ވާ އާދީއްތަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;