ads
ރައީސް ސާލިހް، ރައީސް ޔާމީން، ރައީސް ނަޝީދު
މީ ތިން ރައީސުން ނުކުމެ ގައުމު ސަލާމަތްކުރަންވީ ވަގުތު: ފައްޔާޒު
މީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދު އެކުގައި ނުކުންނަވާ ގައުމު ސަލާމަތްކުރަންވީ ވަގުތުކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ފައްްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުޅި ދައުލަތް ހިސާރުކޮށްގެންކަމަށެވެ. އަދި ރައިސްް މުއިއްޒު އެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ކުރެއްވި ހުވަޔާ ހިލާފުވެ ބުއްދި ފިލައި ގޮސްފައިކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. 

ފައްޔާޒު ވިދާޅުވީ ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭކަމަށެވެ. އަދި ހުރިހާ ރައީސުން އެކުގައި ނުކުމެ ގައުމު ސަލާމަތްކުރަން ޖެހޭކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. 

" މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް، ނަޝީދު، ސާލިހް، ޔާމީން އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު. އަޅުގަނޑުމެން މި ތިބީ ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް." ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ފައްޔާޒު ވަނީ މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވުމަށްވެސް އިލްތިމާސްކުރައްވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;