ނާޒިމް މަޖިލީހުގެ ނައިބް ރައީސްކަމުން ވަކިކުރަން ޕީއެންސީން ނިންމި އިރު މިއަދު ހެނދުނު އޭނާ ވަނީ ޕީއެންސީ މަޖިލިސް މެމްބަރުން ތިބޭ ވަޓްސް އަޕް ގްރޫޕުންވެސް ބޭރުކޮށްލާފައެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީ މަޖިލިސް މެމްބަރު މީގެ ކުރިންވެސް މަޝްވަރަކުރިކަމަށް ހަބަރު ފެތުރުނެވެ. އެހެންނަމަވެސް އެކަން ޢޭރު ވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދޮގުކުރައްވަފައެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ނިންމާފައިވަނީ ނާޒިމް މަގާމުން ދުރުކުރުމަށެވެ. އަދި އެކަން ކުރުމަށް އޭނާގެ އިތުބާރު ނެތްކަމުގެ މަައްސަލައިގައި ސޮއިކޮށް، އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކުރަން ޖެހޭ މަސައްކަތް އަންނަނީ ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;