ads
މި މުބާރާތުން ހޮވާލެވޭ އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތައް މި އަހަރު އެމްއެމްއޭން ބާއްވާ ފައިނޭންޝަލް އެކްސްޕޯގައި ދައްކާލާނެ - ފޮޓޯ/އެމްއެމްއޭ
ބޭނުންނުކުރާ ނޫޓުން އާޓް އުފެއްދުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި މާދަމާ އަށް ހަމަވާނެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރުން ހުއްޓާލާފައިވާ ނޫޓުތައް ބޭނުންކޮށްގެން އުފެއްދުންތެރި އަދި ހަދިޔާ ފަދަ ތަކެތި ތައްޔާރުކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
Advertisement

އެމްއެމްއޭ އިން އިއުލާނުކޮށްފައިވާ މި މުބާރާތުގެ މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އައު ދިރުމެއް ގެނެސްދިނުންކަމަށް އެމްއެމްއޭއިން ބުންޏެވެ. 

ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތައް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ މާދަމާ ރޭ 11:59 އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަރުދުންނަށާއި ޓީމުތަކަށާއި ފަންނުވެރިންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަނީ ހުޅުވާލާފަ އެވެ. ބައިވެރިންނަށް ކޮންމެވެސް އެއް ދާއިރާއަކުން ނުވަތަ ދެ ދާއިރާއިން ވެސް ބައިވެރިވެވޭނެ އެވެ.

މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް މި އަހަރު ޖުލައިގައި އެމްއެމްއޭއިން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ބަހައްޓާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;