ads
ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ޖަލަށްލި އަދަދުގެ ދެ ނޫސްވެރިން ޝަހުޒާން (ވ) އަދި ލީވާން ފޮޓޯއަކަށް ހުއްޓިގެން.
ޝަހުޒާން އާއި ލީވާން ދޫކޮށްލަން އައިއެފްޖޭ އާއި ސީޕީޖޭ އިން ގޮވާލައިފި
'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެ ދެ ނޫސްވެރިން މިނިވަންކަން ކުރަން އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފި އެވެ.
Advertisement

އަދަދު ނޫހުގައި ލިޔުނު ހަބަރަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށް ލާފަ އެވެ. އަދި ރައީސް މުއިއްޒުއާ ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށް ލާފަ އެވެ. 

ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ހަބަރެއް ލިޔެގެން ކަމަށް ބުނެ އެވެ. އަދި، ޝަހުޒާން ހާޒިރުކޮށްފައި ވަނީ ރައީސް އޮފީހުގައި މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސީޕީޖޭ އިން ބުނީ ދެ ނޫސްވެރިން ވަގުތުން ދޫކޮށްލަންޖެހޭ ކަމަށާއި އަދި ޝަރުއީ ދާއިރާ މެދުވެރިކޮށް އެ ނޫހާ މެދު ހިންގަމުންދާ އަމަލުތައް ހުއްޓާލަންޖެހޭ ކަމަށެވެ. އައިއެފްޖޭއިން ބުނީ ދެ ނޫސްވެރިން ޖަލަށްލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދަދު ނޫހުގެ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ދޫކޮށްލަން އައިއެފްޖޭ އަދި ސީޕީޖޭ އިން ގޮވާލިއިރު އެ ނޫހުގެ ދެ ބޭފުޅުން ކަމުގައިވާ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ކޯޓުގައި އެދިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ވަނީ ތާވަލުކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;