މަޖިލީހުގެ ޖަލްސާތައް އާޢްމުކޮށް ފަށަނީ ކޮންމެ ފުވަހަކުވެސް ހެނދުނު 09:00 ގައެވެ.
އެހެންނަމަވެސް ޖަލްސާގެ ކޯރަމް ރަނގަބީލު ޖެހުމަސްފަހުވެސް 90:10 އެއްވީއިރުވެސް ޖަލްސާ ފެށިފައެއް ނުވެއެވެ.
ޖަލްސާ ނުފެށި ލަސްވުމުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ރަނގަބީލި ޖެހުމުންވެސް ޖަލްސާ ފެށޭ ވަރަށް މެމްބަރުން ހަމަނުވާކަން އިއުލާންކޮށްފައެވެ. ރިޔާސަތުން ވިދާޅުވީ ގަޑިޖެހުނުއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ އެންމެ ހަ މެމްބަރުންކަމަށެވެ. އެހެންކަމުން ޖަލްސާ ފެށުން 10:00 ޖަހާއިރަށް ލަސްކޮށްފައިވާކަމަށް ނާޒިމް އިއުލާންކުރެއްވިއެވެ.
10 ޖެހިއިރު ޖަލްސާ ފަށަން މަސައްކަތް ކޮށްވެސް ކޯރަމް ހަމަނުވެގެން ވަނީ ޖަލްސާ ނުފެށިފައެވެ. ސަބަބަކީ މަޖިލީހުގައި ހިމެނޭ ޕީއެންސީ އެއްވެސް މެމްބަރަކު ހާޒިރުނުވުމުންނެވެ.
ރިޔާސަރުގައި އިންނެވި ނާޒިމް ވިދާޅުވީ ކޯރަމް ހަމަނުވެގެން ޖަލްސާ މާދަމާއަށް ފަސްކޮށްފައިވާކަމަށެވެ. އޭރު މަޖިލިސް ތަޅުމުގައި ތިއްބެވީ ނާޒިމްގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;