ads
ރައީސް މުއިއްޒާ މަޖިލިސްގެ ނައިބު ރައީސް ނާޒިމް
ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ގްރޫޕްތަކުން ނާޒިމް ބޭރުކޮށްފި
ވެރިކަން ކުރާ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ހެނދުނު ކުއްލިއަކަށް ބޭރުކޮށްލައިފިއެވެ.
Advertisement

ނާޒިމް އެ ގްރޫޕުން ބޭރު ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް އެކަން ވަނީ ޔަގީން ކުރެވިފަ އެވެ. އެ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ހިންގަވާ ރަސްމީ ގްރޫޕެވެ. އެ ގްރޫޕްގައި ރައީސް މުއިއްޒުގެ އިތުރުން ދެން ތިއްބަވަނީ މަޖިލީސް މެމްބަރުންނެވެ.

ޕީއެންސީ މަޖިލިސް މެމްބަރުން ތިބޭ ގްރޫޕުން ނާޒިމް ބޭރުކޮށްފައި މިވަނީ އޭނާގެ މައްސަލަތަކެއް ފުލުހުން ބަލަމުންދާކަމަށް މީގެކުރިން އަޑުފެތުރިފައި ވަނިކޮށެވެ. އެހެން ނަމަވެސް އެވާހަކަތައް ހޯމް މިނިސްޓާރު އަލީ އިހްސާން ވަނީ މީގެ ކުރިން ދޮގު ކުރައްވާފައެވެ. 

އެ ވާހަކަތައް ފެންމަތިވީ މި ސަރުކާރުގައ ނުފޫޒު ގަދަކަމަށް ބެލެވޭ ނާޒިމް، އޭނާ ހިމެނިވަޑައިގެންނެވި މަޖލީހުގެ އެންމެ ބާރު ގަދަ ދެ ކޮމެޓީން މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަކިކުރުމުންނެވެ. ނާޒިމް ވަކިކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ (241) ކޮމެޓީންނެވެ. އެކޮމެޓީތަކުން ވަކިކޮށް އޭނާ އައްޔަންކުރީ މާގިނަ މަސައްކަތްތަކެއް ނޯންނަ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމެޓީއަށެވެ. 

މަޖިލީހުގެ ނައިބް ރައީސްކަމުގެ މަގާމަށް ނާޒިމް އިންތިހާބު ކުރީ 28 މޭ 2024 ވަނަ ދުވަހު އެވެ. ނާޒިމަށް އެ މަގާމް ލިބިވަޑައިގެންނެވީ 80 ވޯޓު ހޯއްދަވައިގެންނެވެ. މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަބުދުއް ރަހީމް އިންތިހާބު ކުރެއްވީ ވެސް 28 މޭ 2024 ވަނަ ދުވަހު އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;