ads
މައުނީ ރޯއީ
މައުނީ ރޯއި ސިންގަލްވެއްޖެ
މައުނީ ރޯއި ސިންގަލްވެއްޖެ ކަމަށް އަޑުފެތުރިއްޖެ އެވެ.
Advertisement

މި އަޑުތައް އިތުރަށް ގަދަވެގެންދިޔައީ ސޫރަޖް އޭނާގެ އިންސްޓަގްރާމް އެކައުންޓް އެއްކޮށް ޑިލީޓްކޮށްލުމުންނެވެ. އަދި މައުނީގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ދިޝާ ޕަޓާނީ ވެސް ވަނީ ސޫރަޖް އަންފޮލޯކޮށްފަ އެވެ. 

އެހެންނަމަވެސް، މައުނީގެ ޕްރޮފައިލްގައި އަދިވެސް އެ މީހުންގެ ކައިވެނީގެ ފޮޓޯތައް ހުރިއިރު، ވަކިވިކަން ޔަގީންކޮށްދީ ދެ މީހުންކުރެ އެކަކުވެސް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

މައުނީ އާއި ސޫރަޖް ކައިވެނިކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ގޯވާގައި ބޭއްވި ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ބޮޑެތި ނޫސްތަކުން މިހާރު މި ހަބަރު ގެނެސްދެމުންދާއިރު، ގިނަ ބަޔަކު ތިބީ ތަރިން އަމިއްލައަށް މިކަމާ ގުޅޭގޮތުން ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;