އެ ޕްރޮޑަކްޝަނުން ބުނީ އެ ފިލްމު ވީޑިއޯ ކްލަބަށް ދޫކޮށްލަން ނިންމާފައިވަނީ އީދު ހަދިޔާއެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭ ހަދިޔާއެއްގެ ގޮތުގައި ކަމުގައި އެވެ.
"އަލްވަދާއު"ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބޮޑު އީދު ދުވަހު އެވެ.
މި ފިލްމު ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބިގެންދާނީ މީޑިއާނެޓްގެ "ވީޑިއޯ ކްލަބް" މެދުވެރިކޮށެވެ.
ޝަރަފް އަބްދުﷲއާއި މަރިޔަމް މަޖުދާ މުހިއްމު ރޯލުތަކުން ފެންނަ "އަލްވަދާއު" ސިނަމާތަކަށް އައިސްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. ޝަހުދާ މަހުމޫދު (ޝަހޫ) ލިޔެ، ޗިއްޕެ ޑައިރެކްޓްކުރާ "އަލްވަދާއު"ގެ ލީޑް ރޯލުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އާއި ޝަރަފެވެ.
މީގެ އިތުރުން ދަރާ ރަޝީދު، ޝީލާ ނަޖީބް، އަދި އާއިޝަތު ލައިޝާ ލަތީފް ފަދަ ތަރިން ވެސް މި ފިލްމުން ފެނިގެންދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;