ads
ޕީއެންސީއަށް ކާމިޔާބުކުރި އިހަވަންދޫ ކައުންސިލްގެ ދެ މެމްބަރުންކަމަށްވާ އައިޝަތު ސަމާހަތާއި މުހައްމަދު ފިރާގު. މީ އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރި ދެ މެމްބަރުން
އިހަވަންދޫ ކައުންސިލަށް ހޮވުނު ދެ މެމްބަރަކު ޕީއެންސީއަށް
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލަށް ހޮވުނު ދެ މެމްބަރަކު ޕީއެންސީއަށް މިއަދު ސޮއިކޮށްފިއެވެ.
Advertisement

ޕީއެންސިޢާ ގުޅުފައިވަނީ އިހަވަންދޫ ކައުންސިލަށް އަމިއްލަ ގޮތުން ހޮވުނު ދެ މެމްބަރަކެވެ. ޕީއެންސީއާ ގުޅިފައިވަނީ ކައުންސިލަށް ހޮވުނު އަމިއްލަ މެމްބަރު މުހައްމަދު ފިރާގާއި އައިޝަތު ސަމާހަތުއެވެ. ސަމާހަތަކީ ހއ. އިހަވަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބުކުރި މެމްބަރެވެ.

އިހަވަންދޫ ކައުންސިލުގައި 5 ގޮނޑި ހިމެނޭއިރު މެޖޯރިޓީ ލިބިފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ. އޭގެތެރޭގައި ކައުންސިލްގެ ރައީސްވެސް ހިމެނެއެވެ. 

އިހަވަންދޫ ކައުންސިލަށް ހޮވުނު ދެ މެމްބަރުންގެ އިތުރުން އެ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރި އަހްމަދު ސަބާހްވެސް މިއަދު ވަނީ ޕީއެންްސީއަށް ސޮއިކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;