ads
ހައުސިން މިނިސްޓަރު މުއްތަލިބް
ހުޅުމާލެއިން ދީފައިހުރި ބައެއް ބިން ފްލަޓް އަޅަން ނަގަނީ
އެކި ކަންކަމަށް ހުޅުމާލެއިން ދޫކޮށްފައިހުރި ބައެއް ބިން ފްލަޓް އަޅަން ހޯދުމަށްް އެކަމުގެ މަޝްވަރާތައް އެޗްޑީސީ އާ ވާހަކަ ދައްކަމުން އަންނަކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްްކަވަމުން މުއްތަލިބް ވިދާޅުވީ މި ސަރުކާރުން ހިންގަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މާލެ ސަރަަހައްދުން މިހާރު ލިބިފައި ހުރި ބިންތަކުގެ އެޅޭނީ 10،700 ފްްލެޓްކަމަށެވެ. 

މާލޭ ސަރަހައްދުގައި މާލޭ ސަރަހައްދުގައި 12،000 ހައުސިން ޔުނިޓު އެޅޭނެ ކަމަށް މި ސަރުކާރުން ކުރިން ލަފާކޮށްފައި ވިޔަސް އެއަދަށް ބިން ނެތުމުން ބިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެއިން ބިން ހޯދުމަށް އެޗްޑީސީއާ މަޝްވަރާކުރަމުން އަންނަކަމަށް މުއްތަލިބް ވިދާޅުވިއެވެ.

" ހަގީގަތުގައި އިތުރަށް އިމާރާތްކުރުމަށް ބިންތަކެއް މިނިސްޓްރީއަކަށް މިވަގުތު ލިބިފައެއް ނެތް. އެހެން ނަމަވެސް މިނިސްޓްރީން އެބަ މަސައްކަތްކުރަން އެޗްޑީސީއާ ވާހަކަދައްކައިގެން އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބިންތަކުން ވެސް ހައުސިންއަށް އިތުރު ބިންތަކެއް ލިބޭތޯ. އެއާ އެކު މާލޭގައި ވެސް ހުރި ބިންތަކުގެ ތެރެއިން ހައުސިން އެޅުމަށް ނެގޭނީ ކޮން ބިންތަކެއްތޯ ބަލައި އިތުރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" މުއްތަލިބް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މާލޭ ސަރަހައްދުގައި މިހާރު 3260 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދާކަމަށެވެ. އަދި އިތުރު 540 ފްލެޓެއްގެ މަސައްކަތް ފެށުމަށް ބީއެމްއެލްއިން ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްތަރު މުއްތަލިބް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;