މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޗައިނާއާއި، ސައުދީ އާއި އިންޑިއާގެ އެހީގައި ފްލެޓްތައް އެޅުމަށް މިހާރު ފައިސާގެ ހުރިހާ ކަމެއް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެ ތިން ގައުމުގެ އެހީގައި 4900 ފްލެޓް އެޅުމަށް ނިންމާފައިވާކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފައިސާ ހަމަޖެހިފައިވަނީ ޗައިނާގެ އިންޓްރެސްޓް ފްރީ ލޯނެއްގެ ދަށުން 500 ފްލެޓާއި ސައުދީ ފަންޑުގެ އެހީގައި އަޅާ 400 ފްްލެޓާއި އަދި އިންޑިއާގެ އެލްއޯސީގެ އެހީގައި ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމަށްވެސް ހުރިހާކަމެއް ހަމަޖެހިފައިވާކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މާލޭ ސަރަހައްދުގައި މިހާރު 3260 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދާކަމަށެވެ. އަދި އިތުރު 540 ފްލެޓެއްގެ މަސައްކަތް ފެށުމަށް ބީއެމްއެލްއިން ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްތަރު މުއްތަލިބް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;