ރަސްދޫގައި ބަޔަކު މާރާމާރީ ހިންގާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.
ރަސްދޫގައި ފިރިހެނަކަށް ހަމަލާދިނީ އެ ރަށުގައި ގެސްޓްހައުސްއެއް ހިންގާ ޗައިނާގެ މީހެކެވެ. ފުލުހުން ބުނީ އެ ގެސްޓު ހައުސްގައި މަސައްކުރާ ދިވެހި މީހާއަށް ހަމަލާދީނީ ޗައިނާ ދެމީހުންކަމަށެވެ. އަދި އެމީހާއަށް އެ ދެމީހުން ހަމަލާދީފައިވަނީ ދަނގަޑު ބުރިއަކުންކަމަށްވެސް ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި ޒަހަމްވީ ފިރިހެނ މީހާގެ މަންމައަށް އޭނާ ފެނުނީ ޖެހިގެން އައި ދުވަހު ހޮސްޕިޓަލްގައި އޮތް މީހަކަށް ގޮވާލަން ދިޔަތަނުން ދަރިފުޅު އެޑްމިޓްކޮށްފައި އޮތުމުންނެވެ. އަދި ދަރިފުޅު ފެނުމާއި މަންމަ ހޭނެތުނުކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. އަދި މަންމަގެ ހާލު ގޮސްވެގެން އިތުރު ފަރުވާއަށް އެރޭ ވަނީ މާލެ ގެނެސްފައެވެ.
އެނގިފައިވާ ގޮތުގައި މަންމަ ހޭނެތިގެން ވެއްޓުނީ ހާޓްއެޓެކެއް ޖެހިގެންނެވެ. އަދި މަންމަ މިއަދު ނިޔާވީ އެދުވަހު ވެއްޓުނު ގޮތަށް ހޭނާރާ އޮވެއެވެ.
މި ހަދީސާގައި އެ މީހާއަށް ހަމަލާދިން ޗައިނާ ދެ މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ ހާދިސާގައި ޒަހަމްވި ފިރިހެން މީހާގެ ހާލު ރަނގަޅުކަން ވަނީ އެނގިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;