މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އަލައިކާ ވާދަކުރެއްވީ މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ރައީސްކަމަށެވެ. އިންތިހާބުގައި އޭނާއަށް ވާދަކޮށް 3181 ވޯޓްގެ ތަފާތުން ޑަބްލިއުޑީސީގެ ރައީސްކަމުގެ މަގާމު ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާއެވެ.
އަލައިކާއަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފައިވާކަން ވަނީ އެނގިފައެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ސަރުކާރުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ދަނީ ގެންނަމުންނެވެ.
އެގޮތުން ސިޔާސީ މަގާމުތަކަށް މީހުން ނުނަގާނެކަން ރައީސް ޑރ. މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ވަނީ އަންގަވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;