ads
ރާއްްޖޭގައި މިހާރު ގިނައީ ދިވެހި ނަރުހުން
ގިނައީ ދިވެހި ނަރުހުން، ފިރިހެން ނަރުހުންގެ އަދަދު 300 މަތި
ރާއްޖޭގެ ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ނަރުހުންގެ ތެރޭގައި ގިނައީ ދިވެހި ނަރުހުންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ކޮންމެ އަހަރެއްގެވެސް އޭޕްރިލްމަހުގެ 12 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލް އަގްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ. 

ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީން އާއްމުކުރު ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގައި މިވަގުތު 3907 ނަރުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން 2503 ނަރުހުންނަކީ ދިވެހިންކަމަށް ހިސާބުތަކުން ދައްކައެވެ. ބިދޭސީ ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ 1404 ނަރުހުންނެވެ. 

ހިސާބުތަކުން ދައްކާގޮތުން ރާއްޖޭހގައި މަސައްކަތް ކުރާ ނަރުހުންގެ ތެރެއިން 92 އިންސައްތަ ނަރުހުންނަކީ އަންހެނެނުންނެވެ. ފިރިހެންނުންގެ ނިސްބަތަކީ އަށެއް އިންސައްތައެވެ. އެގޮތުން އަންހެން ނަރުހުންގެ ޖުމްލަ އަދަދަކީ 3593 އެކެވެ. އަދި ފިރިހެން ނަރުހުންގެ އަދަދަކީ 314 އެވެ. 

ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 31 އިންސައްތަ ނަރުހުން މަސައްކަތް ކުރަމުން އަންނަނީ ވެރިރަށް މާލޭގައެވެ. އެއީ 1989 ނަރުހުންނެވެ. އަތޮޅުތެެރޭގައި މަސައްކަތް ކުރާ ނަރުހުންގެ އަދަދަކީ 1918 އެވެ. 

ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 84 އިންސައްތަ ނަރުހުން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ހޮސްޕިޓަލްތަކުގައެވެ. އެއީ 3219 ނަރުހުންނެވެ. އަމިއްލަ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުން އަންްނަނީ 616 ނަރުހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;