ads
އަހަރުގެ މިހާތަނަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 660 މިލިއަނަށް އަރާފައި
މިއަހަރުގެ މިހާތަނަށް 660 މިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެ
ޑޮލަރު އާމްދަނީގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ ފެށިގެން އޭޕްްރިލްގެ ނިޔަލަށް 660 މިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެއެވެ.
Advertisement

މީ މދިޔަ އަހަރުގެ މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީއަށްްވުރެ 91.9 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން އޭޕްރިލްގެ ނިޔަލަށް ލިބިފައިވަނީ 568.9 މިލިއަން ޑޮލަރެވެ. 

މިދިޔަ މަހު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ވަނީ  341 މިލިއަން ޑޮލަރު ލިބިފައިކަމަށް މިރާގެ ހިސާބުތަކުން ދައްކައެވެ. 

މިދިޔަ މަހު އިންކަމް ޓެކްސްގެ ގޮތުގައި 63.5 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 46.4 މިލިއަން ޑޮލަރުވަނީ ލިބިފައެވެ. 

މީގެއިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 50.2 މިލިއަން ޑޮލަރާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 50.8 މިލިއަން ޑޮލަރާއި ގްރީން ޓެކްސްގެ ގޮތުގައި 59.8 މިލިއަން ޑޮލަރު ލިބިފައިވާކަމަށްވެސް މިރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

މީރާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.63 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މިދިޔަ މަހު 121 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;