ads
ހެންވާރުގެ ރައްޔިތުންނާއި ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ
ރައްޔިތުންގެ ބައްދަލުވުންްތައް އަނެއްކާ ވެސް އަންނަ މަހު ފަށާނަން: ރައީސް
ރައްޔިތުންނާއިއެކު ބާއްވަމުންދިޔަ ބައްދަލުވުންްތައް އަނެއްކާވެސް އަންނަމަހު ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިން ގެންދިޔަ ގޮތަށް ރައްޔިތުންނާއި އެކީ ބައްދަލުވުންތައް ބާއްވަން ފަށަން ނިންމަވާފައިވާކަމަށެވެ. އެގޮތުން ވަގުތު އޮތް މިންވަރަކުން ހަފްތާއަކު އެއް ބައްދަލުވުން ބޭއްވޭތޯ މަސައްކަތް ކުރައްވާނެކަމަށްް ރައީސް ވިދާޅުވިއެވެ. 

" އަޅުގަނޑު މަސައްކަތް ކުރާނީ ހަމަ ވަގުތު އޮތް މިންވަރަކުން އިރާދަކުރެއްވިއްޔާ މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި. ހަފުތާއަކު އެއް ދުވަހު ނޫނިއްޔާ ވީހާވެސް އަވަސްކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނާއި ބައްދަލުކުރުމުގެ އިތުރުން އެކި ދައިރާތަކުގެ ފަރާތްތަކާއިއެކުވެސް ބައްލުވުންތައް  ބާއްވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;