ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގައި އޮންނަ ސަމިޓަށް މިހާރު ކުރައްވާ ދަތުރުފުޅުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންރެ މޯދީއާ ބައްދަލުވެ ސަލާމް ކުރައްވަނީ
މިއަދަށް ހަމަވާ އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި
މިދިޔަ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފާއިތުވި 40 ދުވަސް ތެރޭ ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ 974 މިލިއަން ޑޮލަރުގެ ދަރަނި ފާއިތުވި 40 ދުވަސް ތެރޭގައި އަނބުރާ ދައްކާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ މީގެ ކުރިން ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން. އެގޮތުން ބަލާއިރު މިއަދާ ހަމައަށް އައިއިރު ސުކޫކު ޕޭކޮށްފިން 524 މިލިއަން ޑޮލަރު. އަދި 400 މިލިއަންގެ ސްވޮޕް ޕޭކޮށްފިން. އަދި މިއަދަށް ޑިއުވެފައި އޮތް 50 މިލިއަން ޑޮލަރުގެ ލޯނު ވެސް އަޅުގަނޑުމެން މިއަދު ޕޭކޮށްފިން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފާއިތުވި 40 ދުވަސް ތެރޭގައި އަނބުރާ ދެއްކި ދަރަނީގެ ތަފުސީލު

  • ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކާއި އޭގެ ފައިދާގެ ރޭޓަށްވާ 24 މިލިއަން ޑޮލަރާއެކު ޖުމްލަ 524 މިލިއަން ޑޮލަރު.
  • ރިޒާވް ބޭންކް އޮފް އިންޑިއާ އިން 2024 ވަނަ އަހަރު ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު.
  • އިންޑިއާގެ 50 މިލިއަން ޑޮލަރު.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ތިން ފަހަރެއްގެ މަތިން އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ދަރަނިތަކުން ރައްޔިތުން ސަލާމަތް ކުރައްވާނެ ކަމަށާއި އެކަން ކުރާނީ މުސާރަތައް ދީ، ތެލަށް ދައްކަންޖެހޭ ފައިސާތައް ދައްކަމުން އަސާސީ އެހެން ކަންތައްތައް ވެސް ފުރިހަމަކުރަމުން ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ ދަރަނިތައް ދައްކަމުން ދާނީ، މުވައްޒަފުންގެ މުސާރަތައް ދެމުން، އަސާސީ ކާބޯތަކެތި ހޯދަމުން، ތެލަށް ޚަރަދުކުރަމުން، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޭންޖެހޭ ފައިސާ ދެމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;