ads
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ
ފުރާ މީހުންނަށްދޭ ޑޮލަރު ބޮޑުނުވީ، މިއަހަރު ހަނގުރާމަ ފަށާނެކަން ނޭގޭތީ: ރައީސް
ރާއްޖެއިން ފުރާ މީހުންނަށް ދޭ ޑޮލަރު ބޮޑުކޮށްދޭން ބުނި ވައުދު ފުރިހަމަ ނުކުރެވުނީ މިއަހަރު މެދުއިރުމަތީގައި ހަނގުރާމައެއް ފަށާނެކަން ކުރިން އެނގިވަޑައިނުގަތުމުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް އެއާޕޯޓުން މިހާރު އަންނަނީ 500 ޑޮލަރު ކޮންމެ މީހަކަށް ދެމުންނެވެ. އެ އަދަދު މި އަހަރުގެ ފުރަތަމަ ކުއާޓާގައި 1000 ޑޮލަރަށް ބޮޑުކޮށްދެއްވާނެކަމަށް މިދިޔަ އަހހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

" ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ދެގުނަކޮށް، އެ އަދަދު 1,000 ޑޮލަރަށް އިތުރުކުރެވިގެންދާނެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑުގެ ލިމިޓުތައް، 1,400 ޑޮލަރަށް ބޮޑުކުރެވިގެންދާނެ." 2025ގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ ވައުދު ފުދިފައިނުވާތީ އެކަމާއި ގުޅިގެން މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވައުދުވި ގޮތަށް ޑޮލަރުގެ ދޭ  އަދަދު ބޮޑުކޮށް ނުދެވުނީ މިއަހަރު މެދުއިރުމަތީގައި ހަނގުރާމައެއް ފަށާނެކަން ކުރިންް އެނގިވަޑައިގެންފައި ނެތުމުންކަމަށެވެ. 

" 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވިއިރަކު ނޭނގޭ 2026 ވަނަ އަހަރުގެ ފެބްރުއަރީ 28ގައި މެދުއިރުމަތީގައި ހަނގުރާމައެއް ފެށޭނެކަމެއް. އެއީ ވީގޮތަކީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހަނގުރާމައާ ގުޅިގެން އެމްއެމްއޭއިން ހިސާބުތައް ހަދާ  އެންމެ އަވަހަށް ޑޮލަރު ބޮޑުކޮށްދޭން ހުއްދަ ދެވޭނީ ކޮންއިރަކުތޯ ބަލަމުން އަންނަކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;