މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕޭ ކޮމިޝަނުން މުސާރަތައް ހާމަނައިޒްކުރިއިރު އެންްމެ އެދެވޭގޮތަށް ނުވަތަ ގެއްލުންތަކެއް ލިބުނު މުވައްޒަފުންތަކެއް ތިބިކަމަށެވެ. އަދި އެއީ ހަގީގަތެއްކަމަށްވެސް ރައީސްް މުއިއްޒު މިއަދު ވިދާޅުވިއެވެ.
އެހެންކަމުން އެ ހުރިހާ މައްސަލައެއް މިހާރު ހައްލުކޮށް ނިމެމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މުސާރަކަަށް ބަދަލުގެނައިރު އެންމެ ބޮޑު ގެއްލުންތަކެއް ވީ ތަންތަނުގެ އެޗްއާރުގައި މަސައްކަތް ކުރާ މުވައްޒަފުންކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ޝަރުއީ ދާއިރާއާއި ކައުންސިލްްތަކުގެ މުވައްޒަފުންނަށްވެސް އެކަން ވަރަށް ބޮޑަށް ދިމާވިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;