ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
"އެމްޑީޕީން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނީގެ ދަންތުރައިން ސަލާމަތްކޮށްފިން: ރައީސް
މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅިވި ދަރަނީގެ ދަންތުރައިން ސަލާމަތްކޮށް ދަރަނިތައް ދައްކާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކާފައިވާކަމަށެވެ. އެއީ އިންޑިއާއިން މިދިޔަ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން ބައެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

މިދިޔަ ސަރުކާރުން އިންޑިއާއިން ނެގި ލޯން 

  • 17 މާރިޗު 2019 ގައި 50 މިލިއަން 
  • 26 ޖޫން 2019 ގައި 50 މިލިއަން 
  • 1 އޮކްޓޫބަރު 2019 ގައި 50 މިލިއަން 

ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން އިންޑިއާ އަތުން ލޯނު ތިން ފަހަރެއްގެ މަތިން ނަގާފައިވާއިރު އެ ދެއްކުން ފަސްކުރަމުން އައިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް 7 ޖެނުއަރީ 2024ގައި އޭގެ ތެރެއިން 50 މިލިއަން ދައްކާފައިވާކަމަށެވެ. އަދި މިއަދު އަނެއް 50 މިލިއަން ދައްކާފައިވާއިރު ބާކީ އޮތް 50 މިލިއަން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ދައްކަން ޖެހޭއިރު އެދުވަހު އެ ދަރަނި ދައްކާ ނިންމާނެކަމަށްވެސް ރައީސްް މުއިއްޒު ވިދާޅުވިއެވެ. 

" އެހެންވީމާ ޖުމްލަ ވޭތިވެދިޔަ 40 ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރު، ދިވެހި ރައްްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި ދައްކާ ހަލާސްކޮށްފިން. މީ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި ދަންތުރަ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދައުލަތުން ދައްކަންކެހޭ ދަރަނިތައް ދައްކަމުން ދިޔައީ މުސާރަ ދީ ރައްޔިތުންނަށް ދެންވެސް ކޮށްދޭން ޖެހޭ ކަންކަން ކޮށްދެމުންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;