މި ލަވަ އަކީ އޭ އައިން ލަވަ ހަދަމުން އަންނަ މުހައްމަދު އާޒިމް (ޒިމް) މި އަހަރުގެ ކުޑަ ކުދިންގެ ދުވަހަށް ތައްޔާރު ކުރި މޮޅު ލަވަ އެކެވެ.
ދިވެހިންގެ ތެރޭގައި މަޝްހޫރު ތޯތޯ ވާހަކަ، ސަފަރު ކަތްދަ ވާހަކަ އިން އިންސްޕަޔާ ވެގެން ހެދި މި ލަވަ އަކީ އޭނާގެ ތިން ވަނަ އޭއައި ވީޑިއޯ ލަވަ އެވެ. މި ލަވައިގެ ލިރިކްސް އޭނާ އަމިއްލަ އަށް ތައްޔާރު ކޮށްފައިވާއިރު އޭއައިން އުފައްފާފައިވާ މަންޒަރުތަަކަށް ކުޑަ ކުދިންގެ ޝައުގުވެރިކަން ދަމައިގަންނާނެ ކަން ކަށަވަރެވެ.
މި ލަވަ ޔޫޓިއުބަށް މޭ 10 ވަނަ ދުވަހު ދޫކޮށްލާފައިވާއިރު ބެލެވޭ ގޮތުގައި އާޒިމްގެ މި މަސައްކަތް ވާނީ ބެލުންތެރިން ބަލައިގަންނާނެ މަސައްކަތަކަށެވެ.
އޭނާ އިތުރަށް ބުނީ ކުރިޔަށް ތަނުގައި ވެސް މި ކަހަލަ ތަފާތު މަސައްކަތްތަކެއް ދިވެހިންގެ ތެރެއަށް ގެނެސްދޭން ބޭނުންވާ ކަމަށެވެ.
އާޒިމްގެ ފުރަތަމަ އޭއައި ވީޑިއޯ ލަވަ އަކީ މިދިޔަ އަހަރު ނެރުނު "މާލި މާލި ނުކުންނާނޭ" އެވެ. އޭގެ ފަހުން އޭނާ ވަނީ ހަމަ ނިމިދިޔަ އަހަރު "ނީލަމް" ކިޔާ އޭއައި ވީޑިއޯ ލަވައެއް ނެރެފަ އެވެ.
އާޒިމްގެ "މާލި މާލި ނުކުންނާނޭ" އަށް ނުވަ މަސް ތެރޭ ހަތް ލައްކަ އާ ގާތްކުރާ އަދަދަކަށް ވިއުސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;