ads
ޓޫރިސްޓުން: ފޮޓޯ ޓްރެވެލް ޓްރޭޑް މޯލްޑިވްސް
ޓޫރިޒަމަށް މިލިއަން ޑޮލަރުން ގެއްލުން އެބަވޭ، އަވަސް ފިޔަވަޅު އަޅައިދީ: މަޓާޓޯ
އީރާން ހަނގުރާމައާ ގުޅިގެން ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށާ، މިކަމުގެ ސަބަބުން ކުދި ގެސްޓްހައުސްތަކާއި ދިވެހި ޓްރެވަލް ކުންފުނިތަކަށް ބޮޑު ގެއްލުމެއް ވެފައިވާތީ ސަރުކާރުގެ އެހީތެރިކަން ދިނުމަށް މަޓާޓޯ އާއި އެންއެޗްގޭމް އިން ގޮވާލިފި އެވެ.
Advertisement

ތަފާސްހިސާބުތަކާ ހަވަލާދީ އެ ދެ ޖަމްއިއްޔާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ މާޗު އަދި އޭޕްރީލް މަހު ވެސް ޓޫރިސްޓުން އައި އަދަދު މަދުކަމަށާއި މި މަހު ވެސް އެ އަދަދުތައް ހުރީ ދަށްކޮށް ކަމަށެވެ. އިންޑަސްޓްރީ ސްޓޭކްހޯލްޑަރުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮޕަރޭޝަނަލް އަދި މާލީ ގޮންޖެހުންތައް ކަމަށް ވެސް އެ ދެ ޖަމްއިއްޔާ އިން ބުންޏެވެ.

މަޓާޓޯ އާއި އެންއެޗްގޭމް އިން ބުނީ ޓޫރިޒަމް މަޝްރޫއުތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގު ބޮޑުވަމުންދާތީ، އެކަމުގެ އަސަރު ކުރާ ގެސްޓްހައުސްތަކާއި އެސްއެމްއީތަކަށް ސަޕޯޓް މެކޭނިޒަމެއް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.  

މީގެއިތުރުން މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ވިޔަފާރިތަކަށް އެހީތެރިވުމަށް ކްރައިސިސް ސަޕޯޓު ނިޒާމެއް ތައާރަފުކުރުމަށް ސަރުކާރަަށާއި މާލީ އިދާރާތަކަށް ގޮވާލައިފަ އެވެ.

  • މި މަހުގެ ފުރަތަމަ ދުވަހު އައި ޓޫރިސްޓުންގެ އަދަދު 39 ޕަސެންޓުގެ ދަށް!

ރާއްޖެ އަށް މި މަހުގެ 1 ވަނަ ދުވަހާއި ހަމައަށް އައި ޓޫރިސްޓުންގެ އަދަދު 39 ޕަސެންޓް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.

އެ މިނިސްޓްރީން އާންމުކުރި ޓޫރިސްޓުންގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެ އަށް އައިސްފައިވަނީ 4،900 ޓޫރިސްޓުންނެވެ. އެކަމަކު، މިދިޔަ އަހަރުގެ އޭޕްރީލް އެއް ވަނަ ދުވަހު ރާއްޖެ އަށް 8،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. 

މިދިޔަ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 21 ޕަސެންޓަށް ދަށްވެފަ އެވެ. އެއީ 166،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެ އަށް 254،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. 

އީރާނަށް އެމެރިކާ އާއި އިޒްރޭލުން މީގެ މަސް ދުވަސް ކުރިން ދޭން ފެށި ހަމަލާތަކާ އެކު އީރާނުގެ ރައްދު ހަމަލާތައް ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ދޭން ފެށުމުން ޔޫއޭއީ އާއި ގަތަރު ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތަކަށް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފަ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފްލައިޓްތަކުގެ ދަތުރުތައް ވެސް ވަރަށް ބޮޑަށް މަދުކުރަން ޖެހުމާ އެކު އެތައް ހާސް ބަޔަކު ރާއްޖޭގައި ތާށިވި އިރު ގިނަ އަދަދެއްގެ ބުކިންތައް ވެސް ރާއްޖެއިން ވަނީ ކެންސަލް ވެސް ކޮށްފަ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ހެދި ރާއްޖެއަށް އަންނަން ތާވަލް ކޮށްފައިވާ 500 އެއްހާ ފްލައިޓް ކެންސަލް ވެފައިވެ އެވެ. 

  • ހަނގުރާމައާ ހެދި 496 ފްލައިޓް ކެންސަލްވި

ހަނގުރާމައިގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ރައީސް މުއިއްޒު އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޕްރެސްގައި ކުރިން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ތޯރިގް ވިދާޅުވީ، މާޗް މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައާ ހެދި 1،150 ޓޫރިސްޓުން މަދުވެފައިވާ ކަމަށެވެ. 

your imageފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި - ފޮޓޯ/ އެމްއޭސީއެލް


ތޯރިގް ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާ އެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމަށް ކަމަށެވެ. އެގޮތުން، މިވަގުތު އިތިއޯފިއަން އެއާލައިނާ އެކު ވެސް ސޮއިކޮށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާލައިންތަކާ އެކު މަޝްވަރާކޮށް ޕްރިކުއެންސީ ގިނަކޮށް، އެއާލައިންތައް އިތުރު ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރަމުން މި ދަނީ،" ތޯރިގް ވިދާޅުވި އެވެ

ތޯރިގް ވިދާޅުވީ، ރިސޯޓުތަކަށް މާލީ ގޮތުން މިދުވަސްވަރު ލިބެމުން ދާ ދަތިތަކަށް އެހީވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދެމުން ވެސް އަންނަ ކަމަށެވެ.

ތޯރިގް ވިދާޅުވީ، އިންޑިއާ އާއި ޗައިނާ ފަދަ މަންޒިލްތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ކެމްޕެއިންތައް އިތުރުކޮށް، އެ މަންޒިލްތަކުން ޓޫރިސްޓުން އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަސް ނިމުނު އިރު 40އަށް ވުރެ ގިނަ ބައިނަލްއަގުވާމީ އެއާލައިނުން ރާއްޖެއަށް ދަތުރުކުރެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު މި އަމާޒަށް ވާސިލްވެވިދާނެ ކަމާ މެދު މިހާރު އޮތީ ސުވާލު އުފެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;