ads
އޭޓީއެމްއަށް ދޫކޮށްލެވުނު ކާޑަކުން ވިޔަފާރިކުރި މީހާ
އޭޓީއެމްއަށް ދޫކޮށްލެވުނު ކާޑަކުން ވިޔަފާރިކުރި މީހަކު ހޯދަނީ
އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރިކޮށްފައިވާ މީހަކު ހޯދައިދޭން ފުލުހުން އެދެފިއެވެ.
Advertisement

ފުލުހުން ބުނީ ހޯދަމަމުން އަންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އެޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި އެކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދާ މީހެއްކަމަށެވެ. އަދި  އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ. 

ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;