ads
ރައީސް ރާއްޖޭގެ ރަށަކަށް ކުރެއްވި ޒިޔާރަތުގައި ކުޑަ ކުއްޖަކާއި އެކު
އޮންލައިން ދުނިޔޭގައި، އާ ނުރައްކާތަކެއް ކުޑަކުދިންނަށް ކުރިމަތިވޭ: ރައީސް
އޮންލައިން ދުނިޔޭގައި، އާ ނުރައްކާތަކެއް ކުޑަކުދިންނަށް ކުރިމަތިވަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ. 

ރައީސް ވިދަޅުވީ އޮންލައިން ދުނިޔޭގައި، އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން އަންނަކަމަށެވެ. އެގޮތުން ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާ އެކަމަށް ސަމާލުވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

" މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ހައްގުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެކެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް އިލްތިމާސް ކުރަމެވެ. ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު، އެ ކުދިންނަށް އޯގާތެރިކަމާއި ލޯބި ނުހަނު ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާއިލާގެ ތެރެއިންނާއި، ސްކޫލް މާހައުލުން އެ ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ، ކޮންމެ ބޮޑު މީހެއްގެ ވާޖިބެއްކަމަށެވެ. މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ޤައުމާ ހަވާލުވާނެ ޒުވާނުން ކަމުގައި ވީހިނދު، އެ ކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަހްލާގު ރަނގަޅު ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންވެސް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ. 

ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލުަކން ފާހަގަކުރައްވާ އެ ކުދިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި މުޅި މުޖުތަމަޢުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއްކަންވެސް ރައީސް ވަނީ ހަނދާން ކޮށްދެއްވާފައެވެ. 

" ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި، ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކޮށްދިނުމަށެވެ. ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން މިދަނީ ކަށަވަރު ކުރަމުންނެވެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެެއިތުރުން ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތުކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;