ads
ރައިސް ޑރ. މުހައްމަދު މުއިއްޒު
ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ، ދީނާއި ދުނިޔެ އުނގަންނައިދިނުން: ރައީސް
ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް މުއިއްޒުގެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި ކުޑަކުދިންނަށާއި ޢާއިލާތަކަށް ނުހަނު ލޯތްބާައެކު އަރިސްކުރައްވާކަމަށެވެ. އެކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އެކުދިންނަށް ހަގީގީ ލޯބި ދިނުމަކީ ދީނާއި ދުނިޔެ އުނގަންނައިދިނުންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

" ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން. ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލްކަން ހޯދައިދިނުން. އެއްވެސް ކުޑަކުއްޖެއްގެ މަޢުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުން." ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މޭމަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;