އެމްއެންޑީއެފުންް ބުނީ ރޯވީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައިކަމަށެވެ.
އެ ދޯނީގައި ރޯވި ހަބަރު ލިބުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުންކަމަށް އެމްްއެންޑީއެފުން ބުނެއެވެ.
ރޯވި ދޯނީގައި ތިބީ ކިތައް މީހުންކަމެއް އަދި އެމްއެންޑީއެފަކުން ހާމައެއްް ނުކުރެއެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުދެއެވެ.
ފުލުހުން ބުނީ މި ބޯޓުގައި ރޯވި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 13:30 އެހާކަންހާއިރުކަމަށެވެ. އަދި އެ ބޯޓުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފއިވާކަމަށާއި އަލިފާން ނިންވާލީ އެފްއެސްއެމްގެ ބޯޓެއްގެ އެހީގައިކަމަށްވެސް ފުލުހުން ބުނެެއެވެ.
އެމްއެންޑީއެފް ބުނީ އެ ސަރަހައްދަށް ގޮސް ފަޔާފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 14:45 ހާއިރުކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ފަސް މީހުން ތިބި ކަމަށާއި، އަލިފާން ރޯވުމުން އެ މީހުން ވަނީ އެހެން ދޯންޏަކަށް ބަދަލުވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާކަމަށާއި އެހެންނަމަވެސް ދޯނީގެ އިންޖީނު ރޫމަށް ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަަށް އެމްއެންޑީއެފުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;