ހައްޖު މިޝަނުން ބުނީ ދިވެހި ހައްޖާޖީން މިނާގައި ތިބޭ ޓެންޓްތަކުގެ އެންމެފަހުގެ ތައްޔާރީތައް އެ މިޝަންގެ ޓީމުން ބަލާފައިވާކަމަށެވެ.
އެގޮތުން ދިވެހިން މިއަހަރުވެސް މިނާގައި ތިބޭނީ މިދިޔަ އަހަރުވެސް ތިބި ސަރަޙައްދުގައިކަމަށް މިޝަނުން ބުނެއެވެ. އަދި ޓެންޓްތަކުގެ މަސައްކަތްތަށް ނިމި، މިހާރު ކުރަމުންދަނީ ވަސީލަތްތައް ޤާއިމުކުރުމުގެ ފަހުގެ މަސައްކަތްތައްކަމަށްވެސް ހައްޖު މިޝަނުން ބުނެެއެވެ.
ދިވެހި ހައްކުވެރިން މިނާގައި ތިބޭ ހިސާބަކީ ދަތުރުފަތުރަށްވެސް ފަސޭހަ ސަރަޙައްދެއްކަމަށާއި ހިލައުކުމަށް ދިއުމަށްވެސް ފަސޭހަ ސަރަޙައްދެއްކަމަށްވެސް ހައްޖު މިޝަނުން ބުނެއެވެ.
ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާ ވުޒާރާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މުތައްވިފަކީ ރަވާފް މިނާކަމަށް ހައްޖު މިޝަނުން ބުނެ އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށާޖީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މިފަހަރުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 މީހުން ކޯޓާއެއް ވަނީ ލިބިފަ އެވެ.
މި އަހަރު ހައްޖުވެރިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. ހައްޖުވެރިން ޖިއްދާއަށް ދަތުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އާއި ސައުދީ އެއާގަ އެވެ.
ދިވެހި ހައްޖުވެރިން ފުރުން އަދި އައުން ހަމަޖެހިފައިވާ ދުވަސްތައް
މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;