ads
ނާޒިމް ސައްތާރު..
ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލަދީފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ރޭ ހަމަލަދީ ޒަހަމްކޮށްލައިފިއެވެ. 
Advertisement

ފުލުހުން ބުނީ ރޭ ތޫނު އެއްޗަަކުން ހަމަލަދީ 49 އަހަރުގެ ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާކަމުގެ މައުލޫމާތު އޭޑީކޭ ހޮސްޕިޓަލުން ރިޕޯޓްކޮށްފައިވާކަމަށެވެ. އެ ހޮސްޕިޓަލުން އެ މައުލޫމާތު ހިއްސާކުރީ އަނިޔާވި މިހާއަށް ފަރުވާދޭން ގެންދިޔުމުންކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ޒަހަމްވި މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ. 

އެނގިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލަދިނުމުން ޒަހަމްވެ ފަރުވާދެމުން އަންނަނީ ނާޒިމް ސައްތާރަށެވެ. 

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 12 ޖަހާކަންހާއިރުކަމަށެވެ. ނާޒިމަަށް ހަމަލާދީފަިވަނީ ކޮންތަނަކުންކަމެއް އަދި އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;