ads
ވިއްސާރަ ދުވަހެއް
މި ފެށޭ ހަފްތާ ވަރަށް ވައިގަދަ އެހާމެ ވިއްސާރަ ސަމާލުވާން އެދެފި
މި ފެށޭ ހަފްތާގައި މުޅި ރާއްޖެއަށް ވަރަށް ވައިގަދަވެ ވަރަށް ވިއްސާރަވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
Advertisement

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނު ސަރަހައްދުގައި މިހާރުވެސް ދަނީ ވައި ގަދަވަމުންނެވެ. އަދި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ 'ލޯޕްރެޝާ ޓްރަފް'ގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާ އުފެދެމުންދާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ  

އެ ސަބަބުތަކާއި ހެދި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. 

އެހެންކަމުން ކުރިޔަށް އޮތް 5 ދުވަހު ހާއްސަކޮށް ދެކުނާއި މެދުރާއްޖެ ތެރެ ހިމެނޭ ސަރަހައްދުގައި ވައި ގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;